ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަސް ކަމުގަ ކަނޑައަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަސް ކަމުގަ ކަނޑައަޅައިފި

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 24 އެޕްރިލް ވާ ހުކުރު ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ. އެހެންކަމުން މާދަމާ. އެޕްރިލް މަހުގެ 23 ވަނަ ދުވަސް ވެގެންދާނީ ޝަޢްބާން މަހުގެ 30 ވަނަ ދުވަހަށެވެ. 

ވީޑިއޯ ކޮންފަރެންސްކޮށް މިރޭ ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާއަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ވިދާޅުވީ ރަމަޟާން މަހުގެ ހަނދު ރާއްޖޭގެ އެއްވެސް ރަށަކަށް މިއަދު ފެނިފައި ނުވާތީ އާއި އަދި މިއަދުގެ އިރު އޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެންމަތީގައި ހުންނާނެ ކަމަކަށް އިތުބާރު ހުރި ފަލަކީ ހިސާބަކުން ނުދައްކާ ކަމަށެވެ. 

މިނިސްޓަރ އަޙްމަދު ޒާހިރު ޢަލީ ވަނީ ރޯދަމަހުގެ ފަރުޟު އަދާކުރުމަށް ފަރުވާތެރިވެ މި މާތް މައްސަރުގައި ﷲ ތަޢާލާގެ ރުއްސެވުމާއި މަޣުފިރަތް އެދި ހެޔޮކަންތައްތައް ގިނަ ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

މިއަަހރުގެ ރަމަޟާން މަހަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ އިތުރުން މުޅި ދުނިޔެވެސް ތަޖުރިބާ ކުރަން ޖެހިފައިވާ އެންމެ ދަތި، ހިތްދަތި ރޯދަމަހެވެ. މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުމުގެ ފުރުޞަތު ގެއްލިފައިވާއިރު އެ ފުރުޞަތު މައްކާ އާ މަދީނާގެ ޙަރަމްފުޅާއި މަސްޖިދުލްއަޤްޞާގައިވެސް ވަނީ ގެއްލިފައެވެ. އަދި ރަމަޟާން މަހު ޢުމްރާ ވުމުގެ ފުރުޞަތުވެސް ވަނީ ގެއްލިފައެވެ.

މިއަދު އޮންލައިން