މާލެއާއި ތިލަފުށީގެ ކަރަންޓު ވިއުގަ ގުޅާލުމާ ގުޅޭގޮތުން އޭޑީބީއާ މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 58ސ
މާލެއާއި ތިލަފުށީގެ ކަރަންޓު ވިއުގަ ގުޅާލުމާ ގުޅޭގޮތުން އޭޑީބީއާ މަޝްވަރާކޮށްފި

ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކުރުމާއި، މާލެ އާއި ތިލަފުށްޓާ ދެމެދު ކަރަންޓުގެ ވިއުގަ ގުޅާލުމާ ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ވަފުދަކާ އެކު ވަޒީރު ޢަލީ ޝަރީފް މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ރާއްޖޭގެ ހަކަތައިގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމުގެ މައްޗަށެވެ. އަދި ޚާއްޞަކޮށް މާލެ އާއި ތިލަފުށީގެ ކަރަންޓު ވިއުގަ އެއް ވިއުގައަކުން ގުޅާލުމަށް (އިންޓަރކަނެކްޝަން) ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ގްރިޑް ކަނެކްޓިވިޓީ ވަރުގަދަކޮށް، ރައްޔިތުންނަށާއި ވިޔަފާރިތަކަށް މެދުކެނޑުމެއްނެތި، އިތުބާރު ހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމުގައި މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އޭޑީބީގެ އެހީތެރިކަމާއެކު ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ދެމެހެއްޓެނިވި އަދި ޒަމާނީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މި ބައްދަލުވުމުގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން