އިޤްޠިޞާދަށް ބަލާނީ ބަލިން އަރައިގަނެވުނީމަ! ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ހޭދަކުރާނީ ލިމިޓެއް ނެތި!: މަބްރޫކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އިޤްޠިޞާދަށް ބަލާނީ ބަލިން އަރައިގަނެވުނީމަ! ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ހޭދަކުރާނީ ލިމިޓެއް ނެތި!: މަބްރޫކް

ރާއްޖޭގެ އިޤްޠިޞާދަށް ބަލާނީ ބަލިން އަރައިގަނެވުމަށްފަހުގައި ކަމަށާއި ހަމަ އެންމެ މީހަކުވެސް މަރުވިއަ ނުދިނުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށް ސަރުކާރުން ހޭދަކޮށް މަސައްކަތްކުރާނީ އެއްވެސް ލިމިޓެއް ނެތި ކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ބައެއް ޤައުމުތަކުގައި މަރުވާނެ މީހަކު މަރުވާން ދޫކޮށްލި ގޮތަށް ރާއްޖޭގައި ދޫކޮށް ނުލާނެ ކަމަށެވެ. ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް ހައިހޫނުކަމުން ސަލާމަތްކުރަން ކުރަންޖެހޭ ހޭދަ ސަރުކާރުން ކުރަމުން ގެންދާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކަރަންޓާއި ފެން މިހާރުވެސް ވަނީ އަގުހެޔޮ ކުރެވިފައި ކަމަށާއި މުވައްޒިފުންގެ ވަޒީފާ ހިމާޔަތްކުރަން ކުންފުނިތަކަށް އެހީތެރިވެދީގެން މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. މީގެ އިތުރުން އާމްދަނީ ލިބުން ހުއްޓިފައިވާ މީހުންނަށްވެސް އެކިވަރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ބަލިން އަރައިގަނެވުމުން އިޤްޠިޞާދު ރަނގަޅުކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށާއި ޤައުމު މުޅިން ބަދަލުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

މިއަދު އޮންލައިން