ކުލި ދެއްކެން ނެތިގެން ނުވަތަ އެނޫންވެސް ސަބަބެއް މެދުވެރިވެގެން ދިރިއުޅެމުން އައި ތަނުގައި ތިބެވެން ނެތިއްޖެ ނަމަ ޖެންޑަރ މިނިސްޓްރީގެ 3328393 އަށް ގުޅުމަށް ސަރުކާރުން އެދިއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މޫޙައްމަދު މަބްރޫކް ވިދާޅުވީ މިހާރުވެސް 96 މީހަކަށް ޖެންޑަރ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށާއި އެއިގެ ތެރޭގއި ކުލި ނުދެއްކިގެން ބޭރުކުރެވުނު ޢާއިލާތައް ވެސް ހިމެނޭ ކަމަށެވެ.
މަބްރޫކް މިއަދުވެސް ވިދާޅުވީ މިފަދަ ދަތި ޙާލަތެއްގައި ކުލި ނުދެއްކުނު ނަމަވެސް ތިބިތަނުން ބޭރުކުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.