ޢުމުރުން 8 އަހަރުގެ ޔަޙްޔާއަށް މިސްކިތަށް ނުދެވޭ ގޮތް ވުމުން ކުޅޭ ކޮޓަރި މިސްކިތަކަށް ހަދައި މިސްކިތުގެ އިމާމުކަން ކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޢުމުރުން 8 އަހަރުގެ ޔަޙްޔާއަށް މިސްކިތަށް ނުދެވޭ ގޮތް ވުމުން ކުޅޭ ކޮޓަރި މިސްކިތަކަށް ހަދައި މިސްކިތުގެ އިމާމުކަން ކުރަނީ!

އިނގިރޭސިވިލާތުގެ ބްރެދްފޯޑަށް ނިޞްބަތްވާ ޢުމުރުން 8 އަހަރުގެ ޔަޙްޔާ މުރާދު ޙުސައިން އަށް މިސްކިތަށް ނުދެވޭ ގޮތް ވުމުން ކޮޅޭ ކޮޓަރި މިސްކިތަކަށް ހަދައިފި އެވެ.

އޭނާ ބުނީ މިސްކިތަށް ނުދެވޭ ގޮތް ވުމުން އެކަމާއި ވަރަށް ދެރަވި ކަމަށެވެ. އަދި ވަރަށް ބޮޑަށް ވިސްނުމުން މައްސަލައިގެ އެންމެ ބޮޑު ޙައްލެއް ކަމަށް ވިސްނުނީ ގޭގައި އޭނާ ކުޅެން މައިން ބައިފައިން ދީފައިވާ ސަރަހައްދުގައި މިސްކިތެއް ހެދުން ކަމަށެވެ.

"މަންމަ ޢާއި ބަޕަގެ އެހީތެރިކަމާއެކު ގޭގައި ހުރި ކާޑުބޯޑާ އެނޫންވެސް ތަކެތި ބޭނުންކޮށްގެން މިހާރު އެހުރީ މިސްކިތެއް ހަދާފަ. އެތަނުގަ ނަމާދު މިކުރަނީ. ޤުރްއާން ކިޔަވަން އިންނަނީވެސް."

ޔަޙްޔާ ބުނީ މިސްކިތުގައި ޤަވާއިދުން ބަންގި ގޮވައި މައިންބަފައިންނާއިއެކު ނަމާދުކުރަމުން ގެންދާ ކަމަށެވެ. އަދި ދެ ނަމާދުދޭތެރޭގައި އެންމެން އެކުގައި މިސްކިތުގައި ތިބެ ކިޔަވަމުން ގެންދާ ކަމަށެވެ. "މީގެ އިތުރުން ފޮތް ކިޔުން ފަދަ ކަންކަން ވެސް މިސްކިތުގަ ކުރަން."

ޔަހްޔާ ބުނެފައިވަނީ މިސްކިތް ހަދައި މިސްކިތް ބަލަހައްޓައި އަޅުކަމުގައި އުޅެމުން ގެންދާތީ ވަށައިގެން ހިނގާ ކަންކަމަށް ވިސްނާނެ ވަގުތު ނުލިބޭ ކަމަށެވެ. ހުރިހާ ވެސް މަސައްކަތެއް ކުރަނީ އީމާންކން ވަރުގަދަކުރަން ކަމަށެވެ.

ރާއްޖޭގައި ވެސް ގެދޮރުގެ ތަނަވަސްކަން ލިބިފައިވާ ފަރާތްތަކުން ޔަހްޔާގެ ވިސްނުމަށް ޢަމަލުކޮށްފިނަމަ އެކަމުގެ ފައިދާ ކުރާނެއެވެ! މާތް ﷲ ޔަޙްޔާއަށް ސާބިތުކަމާއި ކުރިއެރުން ދެއްވަވާށި! ތަޤްވާވެރިކަން އިތުރުކޮށް ދެއްވަވާށި! އާމީން

 

މިއަދު އޮންލައިން