ސިންގަޕޫރުގެ ދެ ފަރާތަކުން ރާއްޖެއަށް ވަރަށް ދީލަތި އެހީތަކެއް ފޯރުކޮށްދޭން ނިންމައިފިއެވެ.
މިއަދުނޫޙަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ސިންގަޕޫރުގެ ބިލިއަނަރު އޮންގެ ކުންފުންޏެއް ކަމަށްވާ ހޮޓެލް ޕްރޮޕަރޓީޒް ލިމިޓެޑުން ރާއްޖެއަށް 15 ވެންޓިލޭޓަރާއި އެއް ލައްކަ ފޭސް މާސްކް މިހާރު ހަދިޔާކޮށްފައިވާތީ އެކަމާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން ސިންގަޕޫރުގެ ޓަމެސެކް ފައުންޑޭޝަނުން 5000 ޓެސްޓް ކިޓް ހަދިޔާކޮށްފައިވާ ކަމަށްވެސް މިޢްވާން ވިދާޅުވިއެވެ.