މޫސުމީ ބަދަލުތަކާ ކޮރޯނާ ފަދަ ބަލިމަޑުކަމުގެ ހާލަތްތަކަށް ވެސް ރިއާޔަތްކުރަންޖެހޭ!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މޫސުމީ ބަދަލުތަކާ ކޮރޯނާ ފަދަ ބަލިމަޑުކަމުގެ ހާލަތްތަކަށް ވެސް ރިއާޔަތްކުރަންޖެހޭ!: ރައީސް ޞާލިޙް

މޫސުމީ ބަދަލުތަކާ ކޮވިޑް-19 ފަދަ ބަލިމަޑުކަމުގެ ހާލަތްތަކަށް ވެސް ރިއާޔަތްކުރަންޖެހޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާ:ޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ "އާތް ޑޭ" ގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރަން ޖެހޭ މަސައްކަތްތައް އެންމެ ބާރުމިނުގައި ކުރަމުން ގެންދަން ޖެހޭ ކަމަށާއި އެކަމުގެ ނުރއްކާ ރާއްޖެ ފަދަ ނާޒުކު ޤައުމުތަކަށް އިންތިހާއަށް ބޮޑުވެފައިވާއިރު ކޮވިޑް 19 ގެ ވަބާ އާއި މޫސުމީ ބަދަލުތަކުން ކުރިމަތިވެފައިވާ މައްސަލަތަކަށް ތައްޔާރުވެ ތިބުމުގެ މަސައްކަތް ކުރާއިރު މޫސުމީ ބަދަލާއި ކޮވިޑް-19 ފަދަ ބަލިމަޑުކަމުގެ ހާލަތްތަކަށް ވެސް ރިއާޔަތްކުރަންޖެހޭ ކަމަށެވެ.

މިހައުތަނަށް ދުނިޔޭގެ "އާތް ޑޭ" އަންނަނީ ދުނިޔޭގެ ފެންވަރުގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. ނަމަވެސް މިއަހަރު ދިމާވެފައިވާ ޙާލަތުގެ ސަބަބުން އެންމެންނަށްވެސް ސަމާލުކަން ދޭން ޖެހިފައިވަނީ ﷲ ގެ ވާގިފުޅާއިއެކު ކޮރޯނާގެ ވަބާއިން ސަލާމަތް ވެވިދާނެ ގޮތްތަކަށެވެ.

މިއަދު އޮންލައިން