ސަރުކާރާއެކު މަސައްކަތްކުރުމަށް ޕީއެންސީއާއި އަދާލަތު ޕާޓީން އެއްބަސްވުމެއް ގާއިމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
ސަރުކާރާއެކު މަސައްކަތްކުރުމަށް ޕީއެންސީއާއި އަދާލަތު ޕާޓީން އެއްބަސްވުމެއް ގާއިމުކޮށްފި

ސަރުކާރުގެ ބާކީ އޮތް ދެ އަހަރު އެކުގައި މަސައްކަތްކުރުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އަދާލަތު ޕާޓީގެ މެދުގައި ރަސްމީ އެއްބަސްވުމެއް މިއަދު ޤާއިމުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި މިއަދު ބާރސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދި އަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާން އެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއާއެކު ސިޔާސީ ގޮތުން ސާބިތުވެ ތިބުމެވެ. ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މިއީ ޤައުމީ މަޞްލަޙަތު އިސްކޮށް، ސިޔާސީ ހަމަޖެހުން ދެމެހެއްޓުމަށް ދެ ޕާޓީގެ ދެމެދުގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން