އަށާވީސް ޞިއްހީ ޚިދުމަތްތެރިން އައިސޮލޭޝަނާ ކަރަންޓީނުގަ! ސަލާމަތަށް އެދި ދުޢާ ކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
އަށާވީސް ޞިއްހީ ޚިދުމަތްތެރިން އައިސޮލޭޝަނާ ކަރަންޓީނުގަ! ސަލާމަތަށް އެދި ދުޢާ ކުރައްވާ!

ކޮރޯނާ ވައިރަސް އާއި ގުޅިގެން ޚިދުމަތް ދެމުން ގެންދާ މެޑިކަލް ސްޓާފުންގެ ތެރެއިން 20 މީހަކު އައިސޮލޭޓް ކޮށްފައިވާ ކަމަށާއި މެޑިކަލް ސްޓާފުންނާއި ސަޕޯޓް ސްޓާފުންގެ ތެރެއިން 8 މީހަކު ކަރަންޓީންކޮށްފައި އެބަތިބި ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.

އެމީހުންނާއި ބެހޭގޮތުން މަބްރޫކް ވިދާޅުވީ ކިތަންމެ ކުޑަކަމެއްގައި ޝައްކުކުރެވުނު ނަމަވެސް ކުރިންވެސް ރައްކައުތެރިކަމުގެ ފިޔަވަޅު އަންނަނީ އަޅަމުން ކަމަށާއި ބޭނުމަކީ އެމީހުންގެ ޞިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުން ކަމަށެވެ.  

ކޮންމެ ދުވަހަކު އެތައް ބައަކު ޕޮޒިޓިވްވެ އަދި އެތައް ބައެއްގެ ކޮންޓެކްޓް ޓްރޭސިން ހަދަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ޞިއްޙީ ޚިދުމަތްތެރިންގެ ސަލާމަތާއި ރައްކައުތެރިކަން ކިތަންމެހައިވެސް މުހިންމެވެ. އެންމެ މީހެއްގެ ޚިދުމަތަށް ވެސް އިންތިހާއަށް ވަނީ ބޭނުން ބޮޑުވެފައެވެ.  

ބަލި ގިނަ ރަށްތަކަށް ފެތުރިގެން ހިނގައްޖެ ނަމަ ފަރުވާދޭނެ ޞިއްހީ ޚިދުމަތްތެރިން މަދުވެ ތަމްރީނު ދީގެންވެސް ބައަކު ނެރެން ޖެހިދާނެ ކަމަށް މިރޭ ވެސް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.  

ރާއްޖެއަށް ބަލައިފިނަމަ 28 އަކީ މަދު އަދަދެއް ނޫނެވެ. ވީމާ އަމިއްލައަށް ފުރާނަ އަތްމައްޗަށް ލައިގެން ޚިދުމަތްކުރަމުން ގެންދާ ޚިދުމަތްތެރިން ކޮށްދޭ ޚިދުމަތުގެ އަގު ވަޒަންކޮށް އެމީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށް އެދި ދުޢާކޮށްދެއްވާށެވެ!

މިއަދު އޮންލައިން