ލޮކްޑައުންގެ ފައިދާ ދަނީ ކުރަމުން، ލޯޕީކަކަށް ގެނެވުނު ނަމަވެސް 3 މަސް ދުވަހަށް މޮނިޓަރިން ޙާލަތު ދަމަހައްޓަން ޖެހިދާނެ!: ޑރ. އަފްޒަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ލޮކްޑައުންގެ ފައިދާ ދަނީ ކުރަމުން، ލޯޕީކަކަށް ގެނެވުނު ނަމަވެސް 3 މަސް ދުވަހަށް މޮނިޓަރިން ޙާލަތު ދަމަހައްޓަން ޖެހިދާނެ!: ޑރ. އަފްޒަލް

މުޅި ރާއްޖެ ލޮކް ޑައުން ކުރުމުގެ ފައިދާ އަންނަނީ ފެންނަމުން ކަމަށާއި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެ ލޯޕީކަކަށް ގެނެވުނު ނަމަވެސް ޙާލަތު ކަށަވަރުކުރުމަށްޓަކައި މިހާރުގެ ޙާލަތު އިތުރު 3 މަސް ދުވަހަށް ދަމަހައްޓަން ޖެހިދާނެ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ. 

ޑރ. އަފްޒަލް މިރޭ ވިދާޅުވީ ގޭގައި ތިބުމަށް ފުރަތަމަ އިރުޝާދު ދެމުން އައި ދުވަސްވަރު ބޮޑަށް ޢާންމުންނަށް ސަމާލުކަން ދެވިފައި ނުވިނަމަވެސް މިހާރު އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ. 

"ނަމަވެސް ގިނަފަހަރަށް މިހާރު ފެންނަމުން މިދަނީ ކޮންމެވެސް ފަރާތަކުން ކޮންމެވެސް ކޮންޓެކްޓަކާއި ގުޅިފައިވާ އަދި ގިނަ ބައަކު ދިރިއުޅޭ ތަނަކުން ކޭސް އެއް ފެނިއްޖެ ނަމަ އޭނާ އާއި ގުޅިފައިވާ ގިނަބައަކު ފެނިގެން އަންނާނެ. ހައި ރިސް ނަމަވެސް މޮޑަރޭޓް ރިސްކް ނަމަވެސް އެކަން އެހެންވެގެން އަންނާނެ." 

ޑރ. އަފްޒަލް ވިދާޅުވީ މިހާރު އަމަލުކުރަމުން މިދާ ލޮކްޑައުންގެ ޙާލަތުގައި އެއްކޮންޓެކްޓުން އަނެއް ކޮންޓެކްޓަށް ޕާސްވެގެން ދިއުމުގެ ފުރުޞަތު ވަރަށް ކުޑަވާނެ ކަމަށެވެ.  

 

މިއަދު އޮންލައިން