ކިތަންމެ ބޮޑު ޒަރޫރީ ބޭނުމެއް އޮތް ނަމަވެސް މުދާބަލާ އަންނަ ދޯންޏަކުން ރަށަކަށް ނުދެވޭނެ!: ފުލުހުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ކިތަންމެ ބޮޑު ޒަރޫރީ ބޭނުމެއް އޮތް ނަމަވެސް މުދާބަލާ އަންނަ ދޯންޏަކުން ރަށަކަށް ނުދެވޭނެ!: ފުލުހުން

ކިތަންމެ ބޮޑު ޒަރޫރީ ބޭނުމެއް އޮތް ނަމަވެސް މުދާބަލާ މާލެ އަންނަ އެއްވެސް ދޯންޏަކުން މާލޭގައި ހުރި އެއްވެސް މީހަކަށް ރަށަށް ނުދެވޭނެކަމަށް އޭސީޕީ އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ނަވީން ވިދާޅުވީ މުދާ ބަލައި މާލެ އައުމުގެ ފުރުޞަތު އަދި މަހަށް ފުރުމުގެ ފުރުޞަތު އޮތުމުން އެކަމުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނަގަމުން ގެންދާ ކަމަށެވެ. އެހެންކަމުން އެފަދަ އެއްވެސް ކަމެއް ނުކުރަން އިލްތިމާސްކުރައްވާ ކަމަށެވެ.

ނަވީން ވިދާޅުވީ މުޅި ރާއްޖެއަށް ބަލި ފެތުރިގެން ދިއުން ކޮންޓްރޯލުކުރެވޭނީ އެޗްޕީއޭގެ އެންގުންތަކަށާއި ފުލުހުންގެ އެންގުންތަކަށް އަމަލުކުރި މިންވަރަކުން ކަމަށެވެ.

މިއަދު އޮންލައިން