ސޯޝަލް މީޑިއާތަކުން ފެނިގެން ނުވަތަ މެސެޖެއް ލިބިގެން އޮންލައިންކޮށް ފައިސާ ދެއްކުމުގެ ކުރިން އެއީ ކޮންފަރާތެއްކަން ޔަޤީންކުރަން ފުލުހުން އެދިއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ އިސްމާޢީލް ނަވީން ވިދާޅުވީ ފުލުހުން ކުރަމުން ގެންދާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ދެމުން ގެންދާ ކަމަށާއި ނަމަވެސް މަދު ބައަކު ނާޖާއިޒު ފައިދާ ނަގާ ކަމަށެވެ. އެގޮތުން ޑެލިވަރީ ޚިދުމަތުގެ ނަމުގައި، ދަނީ އޮޅުވާލަމުން ކަމަށާއި އެފަދަ ކަމެއް ދިމާވެއްޖެ ނަމަ 2111 އަށް ގުޅައި ރިޕޯޓްކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.
ނަވީން ވިދާޅުވީ ބައެއް ފަރާތްތަކުން ޑެލިވަރީއަށް އޯޑަރުތައް ނުފޮނުވައި ވަރަށް މަދު އޯޑަރު ފޮނުވައިވެސް ދޭކަމަށާއި އެފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ފުލުހުންނަށް އަންގަމުން ގެންދިއުމަށެވެ.