ރާއްޖެއިން ބޭރުން އައި ޑޮކްޓަރުންގެ ތެރެއިން 78 ޑޮކްޓަރުން ކަރަންޓީނު ނިންމައި މިހާރު ޚިދުމަތަށް ނުކުމެފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ އަލަށް ގުޅުނު ޑޮކްޓަރުންނަށް ދޭންޖެހޭ ތަމްރީނުތައް ދެމުން ގެންދާ ކަމަށާއި ނޭޕާލާއި ބަންގްލަދޭޝް އިން އައި 46 ޑޮކްޓަރުން އަދި ތިބީ ކަރަންޓީނުގައި ކަމަށެވެ.
އެހެންކަމުން އިތުރު 124 ޑޮކްޓަރުންގެ ޚިދުމަތް ދާދި އަވަހަށް ލިބެންފަށާނެއެވެ.