ޒަރޫރީ ބޭނުންތަކަށް ގެއިން ނުކުންނަން ޖެހިގެން ނުކުތް ނަމަވެސް އިޖުތިމާޢީ މިންގަނޑު ހިފަހައްޓަން ޑޮކްޓަރުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ޢަމަލުކުރުމުގައި ދިވެހިން ނަމޫނާ ދައްކަން ފަށައިފިއެވެ.

ފިހާރަތަކަށް ދާ މީހުންވެސް މިހާރު ތިބެނީ ދުރުގައެވެ. މާސްކްވެސް އަޅައިގެންނެވެ. ބައެއް މީހުންނަށް ކިޔޫގައި ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނުކަންވެސް ފާހަގަކުރެވެއެވެ. އެހެންކަމާއިއެކުވެސް ކެތްތެރިވެ ދުރުދުރުގައި ތިބިކަން ފާހަގަކުރެވެއެވެ.

ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް އޮތް މަގަކީ ﷲ އަށް ދުޢާކުރުމާއިއެކު ޑޮކްޓަރުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ޢަމަލުކުރަމުން ގެންދިއުމެވެ. ސަބަބުތަކުގައި ހިފަހައްޓައިގެން ދިރިއުޅެމުން ގެންދިއުމެވެ.