ކުލި ނުދެއްކިގެން ތަނުން ނުކުންނަން ޖެހުނު ދެ ކުއްޖަކަށް ޖެންޑާ މިނިސްޓްރީން ވަގުތީ ހިޔާވަހިކަން ދީފައިވާކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރިއުޅޭ ތަނުގެ ކުލި ނުދެއްކިގެން ތަނުން ނުކުންނަން ޖެހުނު ދެ ކުއްޖަކަށް ޖެންޑާ މިނިސްޓްރީން ވަގުތީ ހިޔާވަހިކަން ހަމަޖައްސާފައިވާ ކަމަށާއި މި ވަގުތަކީ އިންސާނިއްޔަތުކަން އިސްކުރަންވީ ވަގުތު ކަމަށެވެ.
ކޮރީނާވައިރަހާގުޅިގެން މާލެ ލޮކްޑައުން ކުރުމުގެ ކުރިން މާލެ އައިސް ފުރޭނެ ގޮތެއް ނެތި ހާލުގައި ޖެހިފައި ތިބި ފަރާތްތަކުގެ ތެރެއިން ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ވެސް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުންޏެވެ.