މިއަދު 17 މީހުން ޕޮޒިޓިވްވެފައިވާއިރު އެއިގެ ތެރޭގައި 80 އަހަރުގެ މީހަކާއި އެމްއެންޑީއެފްގެ މީހަކާއި ބޭންކް އޮފް ސިލޯނުގައި މަސައްކަތްކުރާ މީހަކާއިއެމްއެޗްއޭގައި މަސައްކަތްކުރާ މީހަކާއި އޭނާގެ ޢާއިލާ ވެސް ހިމެނެއެވެ.
ޑރ. މޫސާ ހަސަން ވިދާޅުވީ މީގެ ތެރެއިން 80 އަހަރުގެ މީހާއަކީ މިހާރުވެސް ވަރަށް ގިނަ ބަލިތަކެއްގައި އުޅެމުން އަންނަ މިހާރުވެސް ސީރިއަސް ބައެއް ޢަލާމާތްތައް ހުރި މީހެއް ކަމަށެވެ. އަދި އޭނާއަކީ ކުރިން ސްޓްރޯކެއް ޖެހި މިހާރުވެސް އެނދުމަތިވެފައިވާ މީހެއް ކަމަށެވެ.
މަބްރޫކް މިއަދު ވިދާޅުވީ އެމްއެންޑީއެފްގެ މީހަކު ޕޮޒިޓިވް ވެފައިވުމުން އޭނާގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން ގެންދާ ކަމަށެވެ. ސިފައިންނާއި ފުލުހުންގެ އިތުރުން އައިޖީއެމްއެޗްގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ސަލާމަތީ ސާމާނު ހުންނާނީ މިހާރުވެސް ފޯރުކޮށްދީފައި ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެމްއެންޑީއެފްގައި މި ޕޮޒިޓިވްވީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހެއްތޯ ނުވަތަ ނޫންތޯ އަދި އޮޅުން ނުފިލާ ކަމަށެވެ.