ހައްދުންމަތި މާމެންދޫ ރައްޔިތުން އެއަތޮޅު ހިތަދޫ އަދި ކުނަހަންދޫން ގެންނަން ބޭނުންވާ ތަކެތި މާމެންދޫ ކައުންސިލުގައި ނޯޓުކުރުމުން ކައުންސިލުން 2 ރަށަށް ދަތުރުކޮށް ތަކެތި ގެނެސް މާމެންދޫގެ ގޭގެއަށް ފޮނުވައިދެމުން އެބަ ގެންދެއެވެ.
ކައުންސިލުން ބުނީ މިފަދަ ޚިދުމަތެއް ފޮރުކޮށްދޭން ބޭނުންވީ ކާއްތާއި އަދި އެނޫންވެސް ތަކެތި ހޯދަން އެރަށްތަކަށް ދިއުމުގެ ހުއްދައަށް ރައްޔިތުން އެދެމުން ގެންދާތީ ވަކިވަކިން ހުއްދަ ދިނުމުގެ ބަދަލުގައި ކައުންސިލުން ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދިނީ ކަމަށެވެ.

"އަޅުގަނޑުމެން ދޯންޏެއްގައި މިދިއައީ ހިތަދޫ އަދި ކުހަންދުއަށް. އެއިރު ތަކެތި ހުރީ ޖެޓީއަށް ނެރެފަ. ދެން ހިފައިގެން ރަށަށް އައިސް މިގެންދަނީ ގޭގެއަށް ފޮނުވައިދެމުން. އެއީ ވެސް ތަކެތި ބަލައި ރައްޔިތުން އަތުވެއްޖެ ނަމަ ގިނަ ބައަކު އެއްވުމުގެ ފުރުޞަތު ފަހިވާނެތީ." ކަމަށް ޙަބީބް ވިދާޅުވިއެވެ.
ޙަބީބް ވިދާޅުވީ މާމެންދޫގައި ކާޑު އެބަހުރި ކަމަށާއި އިތުރު ކާޑު ހިފައިގެން މިރޭ ނުވަތަ މާދަމާ ހެނދުނު ބޯޓެއް ވަންނާނެ ކަމަށް މައުލޫމާތި ލިބިފައިވާ ކަމަށެވެ.
ފުނަދޫގައި ހުންނަ އެސްޓީއޯ ފިހާރައަށް އަދިވެސް އަލުވި ފިޔާ ބިސް ފަދަ ތަކެތި ލިބިފައެއް ނުވެއެވެ. މުޅި އަތޮޅަށް ވިއްކަން ލިބޭނެ ކަމަށް ބެލެވިފައި ވަނީ ވެސް ވަރަށް މަދު އަދަދަދެކެވެ.