މިއަހަރުގެ ރަމްމާން މަހު މައްކާ އަދި މަދީނާގެ ޙަރަމްފުޅުގައި އިޢްތިކާފަށްވެސް ނުތިބެވޭނެ ކަމަށް ނިންމައި އެކަން އިޢުލާނުކޮށްފިއެވެ.
ޝައިޚް ޢަބްދުއްރަޙްމާން އަލް ސުދައިސް ވިދާޅުވެފައިވަނީ މިފަދަ ފިޔަވަޅެއް އަޅުއްވަން ޖެހިވަޑައިގަތީ ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އެކަމަށް އޮތް ބިރުން ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކއުތެރިކަމަށް ކަމަށެވެ.
ޝައިޚް ވިދާޅުވެފައިވަނީ ފަރުޟު 5 ނަމާދާއި ތަރާވީޙް ނަމާދު 2 ހަރަމްފުޅުގައި ވެސް ކުރާނެ ކަމަށާއި ނަމަވެސް ބައިވެރިވެވޭނީ ރަސްމީ ހުއްދަދީފައިވާ ފަރާތްތަކަށާއި ޙަރަމްފުޅުގައި ސާފުކުރުމުގެ މަސައްކަތް ކުރާ މީހުންނަށް ކަމަށެވެ! ނަމާދުތަކުގައި ﷲ ތަޢާލާގެ ޙަޟްރަތުން ސަލާމަތްކަމާއި ރައްކައުތެރިކަމަށް އެދި ޤުނޫތު ކިޔަމުން ގެންދާނެ ކަމަށެވެ.