ﷲ ގެ ރަޙްމަތްފުޅު ޔަމަނުގެ ރައްޔިތުންނަށް ވަރަށް ބޮޑު! ކޮރޯނާ ބަލި ޖެހިފަ ވަނީ އަދި އެންމެ މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ﷲ ގެ ރަޙްމަތްފުޅު ޔަމަނުގެ ރައްޔިތުންނަށް ވަރަށް ބޮޑު! ކޮރޯނާ ބަލި ޖެހިފަ ވަނީ އަދި އެންމެ މީހަކަށް!

ކޮރޯނާގެ ވަބާ މުޅި ދުނިޔެއަށް ފެތުރެމުންދާ މިވަގުތުގައި ﷲ ގެ ރަޙްމަތްފުޅު ޔަމަނުގެ ރައްޔިތުންނަށް ވަރަށް ބޮޑެވެ. ރިޕޯޓްތައް މިވަގުތާއި ހަމައަށް ދައްކާ ގޮތުން ޔަމަނުގައި ކޮރޯނާ ބަލި ޖެހިފަ ވަނީ އަދި ހަމަ އެންމެ މީހަކަށެވެ.

ޔަމަނަކީ ކާބޯތަކެއްޗާއި ބޭސްފަރުވާ އާއި އެހެނިހެން ގޮތްގޮތުން އެންމެ ދަތި ޙާލުގައި ދުނިޔޭގައި އޮތް ޤައުމެވެ. އެތައް މިލިއަން ބައަކު މިހާރުވެސް ވަނީ ބަނޑަށް ޖެހިފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުންނާއި ބޭސްފަރުވާ ނުކުރެވިގެން ކޮންމެ ދުވަހަކު އެތައް ސަތޭކަ ކުޑަކުދިންނާއި ބޮޑެތި މީހުން މިހާރުވެސް ދަނީ މަރުވަމުންނެވެ.

އެހެންކަމުން ކޮރޯނާ ބަލި ފަދަ ބައްޔެއް ފެތުރިއްޖެ ނަމަ ކުރިމަތިލާންޖެހިދާނެ ޙާލަތާއިމެދު ވިސްނައިލުމުން އިންތިހާއަށް ކަންބޮޑުވުން އުފެދިގެންދެއެވެ. ދުޢާއަކީ މުޅި އިސްލާމީ އުންމަތަށްވެސް އަދި ދުނިޔޭގެ އެންމެންނަށް ވެސް ހެޔޮ ރަޙްމަތް މިންވަރުކޮށްދެއްވެވުމެވެ! އާމީން

މިއަދު އޮންލައިން