ގްރީން ލޭންޑުން ކޮރޯނާ ބަލި އެކުގައި މިމަހުގެ 20 ވަނަ ދުވަހު ނައްތައިލެވިފައިވާ ކަމަށް އެ ޤަުމުން މިހާރު ވަނީ އިޢްލާނުކޮށްފައެވެ. މާތް ﷲ ގެ ވާގިފުޅާއިއެކު ރާއްޖެއިންވެސް ނައްތައިލެވޭނެއެވެ. އިންޝާ ﷲ
ގްރީންލޭންޑުގައި ބަލި މިވަގުތު ނެތިފައިވީ ނަމަވެސް އެ ޤަުމުގައި އަދިވެސް ވަނީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިފައެވެ. އެ ޤައުމުގެ ރައްޔިތުންނަށް މިހާރު އެނބުރި ޤައުމަސް ވަދެވޭނެއެވެ. ނަމަވެސް ފަތުރުވެރިނބްނަށާއި ޢާއިލާތަށް ޒިޔާރަތްކުރާ މީހުންނަށް އަދި އެތެރެވެވޭނީ މަޤްބޫލު ސަބަބެއެް އޮވެއްޖެ ނަމައެވެ. 10 މޭ އާއި ހަމައަށް ޑެންމާކުގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ.
ގްރީން ލޭންޑުގައި 11 މީހުންނަށް ކޮރޯނާ ބަލި ޖެހުނެވެ. ނަމަވެސް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. ކޮރޯނާ ފެތުރެން ފެށުމުން މައި ސިޓީގައި ބަނގުރާ ވިއްކާ ތަންތަން ބަންދުކޮށް ބަނގުރަލުގެ ވިޔަފާރި ހުއްޓުވިއެވެ. ގްރީންލޭންޑަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގައި ވަރަށް ކުރީގައި އޮތް ޤައުމަކަށްވުމުން ކުޑަކުދިންނަށް ޙިމާޔަތް ދިނުމުގެ ގޮތުން އެފަދަ އަމަލެއް ކޮށްފިނަމަ ހަރުކަށި އަދަބު ދޭނެކަން އިއުލާނު ކުރިއެވެ.
ގުޅުންހުރި ލިޔުމެއް: