ޑޮކްޓަރުންނާ ލިބެންހުރި ޚިދުމަތް ހަމަ ބަރާބަރު! ރައްޔިތުންގެ ކިބައިން ޑޮކްޓަރުން އެދި އާދޭސްކުރަނީ ޒިންމާދާރުވުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޑޮކްޓަރުންނާ ލިބެންހުރި ޚިދުމަތް ހަމަ ބަރާބަރު! ރައްޔިތުންގެ ކިބައިން ޑޮކްޓަރުން އެދި އާދޭސްކުރަނީ ޒިންމާދާރުވުމަށް!

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގަ އުމުރުން ދުވަސްވީ 58 ، 60 އަހަރުގެ ދޮށީ ޢުމުރުގެ މީހަކު ހިމެނޭ ކަމަށާއި ކޮރޯނާއަށް މިހައިތަނަށް ޕޮޒިޓިވްވި އެންމެންގެ ޙާލުވެސް އަދި ރަނގަޅު ކަމަށް ޑރ. ފާޠިމަތު ނަޒްލާ މިއަދު ވަނީ ވިދާޅުވެފައެވެ. 

ކޮރޯނާ އަށް ރާއްޖެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކީ އުމުރުން 70 އަހަރުގެ އިޓަލީ މީހެކެވެ. އޭނާގެ ޙާލު ބޮޑުވުމުން އައިސީޔޫގައި ފަރުވާދޭން ޖެހުނެވެ. ވެންޓިލޭޓަރު ގައި ވެސް ފަރުވާ ދޭން ޖެހުނެވެ. އޭނާވަނީ ﷲ ގެ ރަޙްމަތްފުޅާއިއެކު ބަލިން ފަސޭހަވެފައެވެ. އޭނާއަށް ރާއްޖެއިން ލިބުނު ފަރުވާއަށް އޭނާ ވަނީ ތަޢްރީފްވެސް ކޮށްފައެވެ. 

މިކަމުން އެނގިގެންދަނީ ދިވެހި ޑޮކްޓަރުންނަކީވެސް ހަމަ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު ޑޮކްޓަރުން ކަމެވެ. ރާއްޖެއިން ލިބެން ހުރި ޚިދުމަތްތަކަކީވެސް ހަމަ އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތްތައް ކަމެވެ. 

ޑޮކްޓަރުން ރައްޔިތުންގެ ކިބައިން ތަކުރާރުކޮށް އެދި އާދޭސްކުރަމުން ގެންދަނީ ހަމަ އެންމެ ކަމަކަށެވެ. އެއީ ރައްކައުތެރިވުމަށް އަޅަން ޖެހޭ ފިޔަވަލުތައް އެޅުމުގައި ޒިންމާދާރުވުމަށެވެ. ޑޮކްޓަރުން ދެމުން ގެންދާ އިރުޝާދުތައް ޤަބޫލުކޮށް އަމަލުކުރުމަށެވެ. ނޫން ނަމަ ބަލި ޖެހޭ މީހުންގެ އަދަދު ގިނަވެ ދޭންޖެހޭ ފަރުވާ ދިނުމަށް ހުރަސްތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން އެގެންދަނީ ފެށުނީންސުރެ ދެމުންނެވެ. 

އުފަންވިތާ 30 ގަޑިއިރު ތެރޭގައިވެސް ވަނީ ޕޮޒިޓިވްވެފައެވެ. 103، 102، 101 އަަހަރުގެ މީހުން ވެސް ޕޮޒިޓިވްވެ ގަދަވެސް ވެއްޖެއެވެ. ވީމާ ބަލި ޖެހޭކަށް ވަކި އުމުރެއް ނެތެވެ. ކުރެވެން އޮތް ކަމަކީ ޑޮިކްޓަރުން ދެއްވާ އިރުޝާދުތަކަށް ތަބަޢަވެ ޢަމަލުކުރުމެވެ.  

މިއަދު އޮންލައިން