ކޮރޯނާވައިރަސް ފެތުރިގެން ދިއައީ ދެތިން ހަފްތާ ކުރިން!: ޑރ. ނަޒްލާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ކޮރޯނާވައިރަސް ފެތުރިގެން ދިއައީ ދެތިން ހަފްތާ ކުރިން!: ޑރ. ނަޒްލާ

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 ރާއްޖޭގައި ފެތުރިގެން ދިއައީ ދެތިން ހަފްތާ ކުރިން ކަމަށް ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ އާއްމުންގެ ތެރޭގައި ބަލި ނުފެތުރޭކަން ކަށަވަރު ކުރަން ފްލޫ ކްލިނިކް އަދި ސެނަހިޔާ އަށް ދެއްކި ގިނަ ބަޔަކު ކޮވިޑް-19 އަށް ޓެސްޓް ކުރަމުން ދިޔަ ކަމަށާއި ނިއުމޯނިޔާ ޖެހިގެން، ހާއްސަކޮށް ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭން ޖެހޭ މީހުން ވެސް އެ ޓެސްޓުތައް ހަދަމުން ދިޔަ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި މަހުގެ 15 ގެ ކުރިން ނެގި އެއްވެސް ސާމްޕަލް އަކުން ކޮވިޑް-19 އުޅޭ ކަމަކަށް ޑިޓެކްޓް ކުރެވިފައެއް ނެތް ކަމަށެވެ. 

"ސަވަޔަލަންސް އިން ވެސް މިހާތަނަށް ވެންޓިލޭޓަރަށް ލާންޖެހޭ މީހެއް ޕޮޒިޓިވްވެފައި ނުވާތީ އަޅުގަނޑު ބޮޑަށް ލަފާކުރަނީ މީގެ 2-3 ވީކްސްގައޭ މި އުޅެނީ." ޑރ. ނަޒްލާ ވިދާޅުވި އެވެ.

މިއަދު އޮންލައިން