ކޮވިޑް 19 އަށް ޕޮޒިޓިވް ވި އިތުރު 2 މީހެއް (ކޭސް 068، ކޭސް 069) މާލެއިން ވަނީ ފެނިފައި ކަމަށާއި މީގެތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލޭޝް މީހަކު ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
މިއާއެކު މާލެއިން ފެނުނު ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ 49 އަށް އަރާފައެވެ. މިއަދުގެ މިހައިތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދުވެސް މިވަނީ 17 އަށް އަރައިފައެވެ. މި މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.