3 ދުވަހަށް ނުވަތަ 72 ގަޑިއިރަށް ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކުރަން އެ ސިޓީގެ ޓާސްކު ފޯހުން ނިންމައިފިއެވެ.
މިއީ މާލެ، ހުޅުމާލެ، ވިލިމާލެ ފިޔަފައި އެހެން ރަށެއް ލޮކްޑައުންކުރާ ފުރަތަމަ ފަހަރެވެ.
ކުޅުދުއްފުށި ލޮކްޑައުން ކުރިނަމަވެސް ބޭސް ފަރުވާއަށާއި ޒަރޫރީ ބޭނުންތަކަށް ކުޅުދުއްފުއްޓަށް އަންނަ ފަރާތްތަކަށް އާދެވޭނީ އެރަށެއްގެ ސޯޝަލް ސަޕޯޓް ޑެސްކު މެދުވެރިކޮށް ކުޅުދުއްފުށީގައި ހުންނަ ސޯޝަލް ސަޕޯޓް ޑެސްކަށް އެންގުމަށްފަހު ހުއްދަ ހޯދައިގެންނެވެ.
ވަކި ހާއްސަ ހުއްދަތަކާއެކު ބައެއް މީހުންނަށް ބޭރަށް ނުކުތުމުގެ ފުރުސަތު ދޭއިރު ފިހާރަތަކާއި ރެސްޓޯރެންޓްތަކުން ޑެލިވަރީ ކޮށްދޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މާދަމާ މެންދުރު 12:00 ގެ ފަހުން ބޭރަށް ނުކުމެ އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް ވަނީ ނިންމައިފައެވެ.