މާސްކް އަޅަން ފަށާ! ކޮންޓެކްޓުން ބަލާ ދިއުން ލަސްވަނީ އަދަދު ގިނަވީމަ! ލަސްވި ނަމަވެސް އަމިއްލައަށް ކަރަންޓީނުވޭ!: ޑޜ. ޢަލީ ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މާސްކް އަޅަން ފަށާ! ކޮންޓެކްޓުން ބަލާ ދިއުން ލަސްވަނީ އަދަދު ގިނަވީމަ! ލަސްވި ނަމަވެސް އަމިއްލައަށް ކަރަންޓީނުވޭ!: ޑޜ. ޢަލީ ލަޠީފް

ކޮންޓެކްޓުން ބަލައި ދިއުން ލަސްވަމުން ދަނީ ގެންދަން ޖެހެން ޢަދަދު ގިނަވުމުން ކަމަށާއި ބަލައި ދިއުން ލަސްވާނަމަ ގޭގެ ކޮޓަރިއެއްގައި އަމިއްލައަށް ކަރަންޓީނުވެގެން ހުރުމަށް ޑރ. ޢަލީ ލަޠީފް އިލްތިމާސްކުރައްވައިފިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޢަލީ ލަޠީފް ވިދާޅުވީ ބަލައިދިއުން 24 ގަދިއިރަށް 48 ގަޑިއިރަށް ލަސްވި ނަމަވެސް ރައްކައުތެރި ގޮތަކީ އަމިއްލައަށް ކަރަންޓީނު ވެގެން ހުރުން ކަމަށާއި ގިނަ ބައަކު އުޅޭ ގެއެއް ނަމަ މިކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޑރ. ޢަލީ ލަޠީފް ވިދާޅުވީ މާލެ ސަރަހައްދު މިހާރު މިވަނީ ގެއިން ބޭރަށް ނުކުންނަ ނަމަ މާސްކް އަޅައިގެން ނުކުންނަންޖެހޭ ޙާލަތަށް ގޮސްފައި ކަމަށެވެ. އަދި މާސްކް އަޅައިގެން ވެސް ނުކުންނަންވީ ކޮންމެހެން ނުކުންނަން ޖެހިއްޖެ ޙާލަތެއްގައި ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ 2 ފިހާރައެއްގައި މަސައްކަތްކުރާ 2 މީހަކު ޕޮޒިޓިވްވެފައިވުމުން ފިހާރަތަކަށް ދިއުމުގެ ނުރައްކާ މިވަނީ ކުރިމަތިވެފައި ކަމަށާއި ފިހާރަތަކަށް ދާ އަދަދު ނަދުކޮށްފިނަމަ ކޮންޓެކްޓުން މަދުވާނެ ކަމަށެވެ1

މިއަދު އޮންލައިން