ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް, ބައެއް ރަށްރަށުގައި ޑެލިވަރީގެ ޚިދުމަތް ފަށައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް, ބައެއް ރަށްރަށުގައި ޑެލިވަރީގެ ޚިދުމަތް ފަށައިފި!

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް, ބައެއް ރަށްރަށުގައި ޑެލިވަރީގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ބައެއް ރަށްރަށުންވަނީ ބޭރަށް ނިކުމެވޭނެ ވަކި ގަޑިތަކެއް ކަނޑައަޅައި އެވަގުތުތަކުގައި ވެސް އެންމެ މީހަކަށް ނިކުމެވޭ ގޮތަށް ކޮންމެ ގެއަކަށް ކާޑެއް ދީފައިވެއެވެ. އަދި ބައެއް ރަށްރަށުގައި ވަކި ގަޑިއަކަށް ފަހު ބޭރަށް ނިކުމެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

ބައެއް ރަށްރަށުގައި ކެފޭ ރެސްޓޯރަންޓުތައް ވެސް ބަންދުކޮށްފައިވާއިރު ސެލޫންތައް ވެސް ބައެއް ރަށްރަށުން ވަނީ ބަންދުކޮށްފައެވެ.

މާލޭން ބޭރުން މީހުން އުޅޭ ރަށަކަކުން އެންމެފުރަތަމަ އަށް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެނުނީ ހއ. އުލިގަމުންނެވެ. މިކަމާގުޅިގެން އެ ރަށުގައި ވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

މާލެއިން ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެނުމާއެކު މުޅި މާލެ ވަނީ ލޮކްޑައުންކޮށްފައެވެ.

ރާއްޖެ އިން މިހާރު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ގެ 52 ކޭސް ފެނިފައިވާއިވެއެވެ.

 

 

 

މިއަދު އޮންލައިން