މިއަދު ފެނުނު ކެސްތަކުގެ ތެރެއިން 53 އަކީ ބީއެޗްއެމްގައި މަސައްކަތްކުރާ ދިވެއްސެއް ކަމަށާއި އަދި 59 އާއި 60 އަކީ އިހުސާން ފިހާރައިގައި މަސައްކަތް ކުރާ ދެ ބަންގްލަދޭޝްގެ މުވައްޒަފުން ކަމަށް ޑރ. ނުޒްލާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނުޒްލާ ވިދާޅުވީ މި މީހުންނަކީ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މީހުން ކަމަށްވުމުން ކުންފުނީގެ ކޮންމެ ފިހާރައެއްގައި ވެސް މަސައްކަތްކޮށްފައި ހުރެދާނެ ކަމަށެވެ. އެހެންކަމުން ފިހާރަތަކަށް ދިއަ މީހުން ޓެސްޓް ކުރަން ޖެހޭ ޙާލަތަށް ހިނގައްޖެ ނަމަ އެކަން އިއުލާނުކުރާނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ފްލޫ ކުލިނިކަށް ދާ އެންމެން ވެސް މިހާރު ވައިރަސް އަށް ޓެސްޓްކުރަމުން ގެންދާނެ ކަމަށެވެ.