ކުންފުނީގެ އެއްވެސް މުވައްޒަފެއް ކޯވިޑަށް ޕޮޒިޓިވެއް ނުވޭ: ލިލީ އިންޓަނޭޝަނަލް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކުންފުނީގެ އެއްވެސް މުވައްޒަފެއް ކޯވިޑަށް ޕޮޒިޓިވެއް ނުވޭ: ލިލީ އިންޓަނޭޝަނަލް

ލިލީ އިންޓަނޭޝަނަލް އަށް ނިސްބަތްވާ އެއްވެސް މުވައްޒަފެއް ކޮރޯނާވައިރަސް ނުވަތަ ކޯވިޑް19 އަށް ޕޮޒިޓިވް ނުވާކަމަށް އެކުންފުނިން ބުނެފިއެވެ.

ލިލީ އިންޓަނޭޝަނަލުން ރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ލިލީ އިންޓަނޭޝަނަލް ނުވަތަ ލިލީ އެފްއެންބީ އާ ލިލީ އެންޓަޕްރައިސް ނުވަތަ ލިލީ ސްޓޯރުންވެސް ގެންދަނީ ރައްޔިތުންނަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެމުން ކަމަށާއި ނަމަވެސް މިއީ ދެ މެނޭޖްމަންޓެއްގެ ދަށުން ތަފާތު 2 ޢިމާރާތެއްގައި ހިންގާ ދެވިޔަފާއިރެއް ކަމަށެވެ. އަދި މިކަމަކީ ގިނަބަޔަކަށް އޮޅިފައިވާކަމެއް ކަމަށްވެސް ލިލީ އިންޓަނޭޝަނަލުން ވަނީ ފާހަގަކޮށްފައެވެ.

ލިލީ އިންޓަނޭޝަނަލުން ބުނެފައިވަނީ ކޯވިޑް19 އަށް ޕޮޒިޓިވްވި ކަމަށް ބުނާ ލިލީގެ ފަރާތްތަކަކީ ލިލީ އިންޓަނޭޝަނަލް ނުވަތަ ލިލީ އެފްއެންބީ އަށް ނިސްބަތްވާ ފަރާތްތަކެއް ނޫން ކަމަށާއި ލިލީ އިންޓަނޭޝަނަލް އަށް ނިސްބަތްވާ އެއްވެސް ފަރާތެއް އަދި އެއްވެސް މުވައްޒަފެއް ވެސް ކޯވިޑް19 އަށް ޕޮޒިޓިވްވިކަން ފާހަގަ ކުރެވިފައި ނުވާ ކަމަށާއި ރަސްމީ އެއްވެސް ފަރާތަކުންވެސް މިކަން ލިލީ އިންޓަނޭޝަނަލް ނުވަތަ ލިލީ އެފްއެންބީ އަށް މިހާތަނަށް ވެސް އަންގާފައި ނުވާކަމަށެވެ.

ލިލީ އިންޓަނޭޝަނަލް އިން ދަނީ ގިނަބާވަތްތަކެއްގެ ކާބޯތަކެތި ރާއްޖެ އެތެރެކޮށް ސަޕްލައިކުރުމުންނެވެ. އަދި ލޮކްޑައުން ދުވަސްތަކުގައި ޑެލިވަރީގެ ހިދުމަތް ވީއެންމެ ފުރިހަމަ ގޮތެއްގައި ފޯރުކޮށްދެވޭތޯ ބަލަމުން ގެންދާނެ ކަމުގެ ޔަޤީންކަންވެސް  ލިލީ އިންޓަނޭޝަނަލް އަދި  ލިލީ އެފްއެންބީ ވަނީ ދީފައެވެ.

ކޮވިޑް-19 އަށް މާލެއިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފައެވެ.

 

 

މިއަދު އޮންލައިން