ކޯވިޑް-19 އައި ގުޅިގެން ރައްޖެއަށް ކުރިމަތިވެފައިވާ ސިއްޙީ އަދި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް އިންޑިއާއިން ފޯރުކޮށްދެމުންދާ އެހީތެރީތެރިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރާއި ފޯނުން ގުޅުއްވާ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި ބަލިމަޑުކަން ފެތުރެމުންދާ މި ދަނޑިވަޅުގައި ރާއްޖެއަށް ކުރިމަތިލާންޖެހޭ ދަތިތަކުން އަރައިގަތުމަށް އިންޑިއާއިން ރާއްޖެއަށް ވެވިދާނެ އެހީތެރިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވާކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ޓްވީޓެއްގައިވަނީ އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖެއާއި އެކުގައިކަމަށާއި، ޚާއްޞަކޮށް މިފަދަ ދަތި އުނދަގޫ ބަލިމަޑުކަމެއްގެ ދަނޑިވަޅުގައި އަވަށްޓެރި ގާތް ޤައުމުތަކާއިއެކުކަމަށެވެ. އެގޮތުން ރާއްޖޭގެ ސިއްޙީ އަދި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް އިންޑިއާއިން އެހީތެރިވާނެކަމަސް މޯދީ ވިދާޅުވެފައިވެއެވެ.
މި ބަލިމަޑުކަމުގެ ދަނޑިވަޅުގައިވެސް އިންޑިއާއިން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އެގޮތުން ތިން މަހުގެ ބޭސް ރާއްޖެއަށް ހަދިޔާކުރައްވާފައިވެއެވެ. އަދި ރާއްޖެއަށް އިންޑިއާއިން ގެނައުމަށް ކުރިން ހަމަޖެހިފައިވާ ބޭސް އެ ޤައސުމުގެ އެކި ސްޓޭޓްތަކުގައި ތާށިވެފައިވަނިކޮށް ވަނީ އެޤައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެ ގެނެސްފައެވެ. އަދި އިންޑިއާއިން އެކްސްޕޯޓް މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި، ޚައްޞަކޮށް ކާޑުގެ ބާވަތްތައް އެތެރެކުރުމަށްވެސް ވަނީ ހުއްދަދީފައެވެ.
Was a pleasure to call my friend @narendramodi a short while ago and discuss our respective national efforts to combat COVID 19. We also discussed possible cooperation from India to aid the Maldives’ in halting the spread of the virus. https://t.co/VDgX2zpI61
— Ibrahim Mohamed Solih (@ibusolih) April 20, 2020