ކޮރޯނާ ވައިރަސް އާއި ގުޅިގެން މިހާރުވެސް ސިންގަޕޫރާއި ދާދި އެއް ޢަދަދަކަށް ރާއްޖޭގައި ޓެސްޓް ކުރެވިއްޖެ ކަމަށާއި ޓެސްޓްކިޓް ނެތިގެން ޓެސްޓް ނުކުރެވޭނެ ޙާލަތަކަށް ރާއްޖޭގައި ނުދާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިރޭ ވިދާޅުވީ ރާއްޖޭގައި މިހާރު ހުރީ 3500 ޓެސްޓިން ކިޓް ކަމަށާއި އެއިގެ އިތުރުން ޗައިނާ އިން ދޭ 10،000 ކިޓާއި އިތުރު ފަރތަކުން މެދުވެރިވެގެން ޗައިނާއިން ދޭ 10000 ކިޓާއި ޑަބްލިޔުއެޗްއޯ އިން ދޭ 5،000 ކިޓް އެބަ ލިބޭ ކަމަށެވެ.
"އެސްޓީއޯގެ ފަރާތުން މިހާރު އެބަ މަސައްކަތް ކުރޭ ދެ ކަމެއްގައި. އެއް ކަމަކީ ޓެސްޓް ހެދުމަށް ބޭނުންވާ މެޝިނެއް ގެނައުމުގެ މަސައްކަތް. އެ މެޝިން އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ބެލެވެނީ. އަނެއް ކަމަކީ ޓެސްޓިން ކިޓް އިތުރުކުރުމުގެ މަސައްކަތް. މާކެޓް އަގުގަ ވިއްކަން ރާއްޖޭގެ ކުންފުންޏަކުން ހުށަހެޅި ނަމަވެސް ސަރުކާރުން ގަންނާނެ." ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.