މިހާލަތުގަ މުހިންމީ އިހްމާލްވި ކަމަށް ތުހުމަތު ކުރުމެއް ނޫން ކަމަށާއި މިޙާލަތުގައި އެންމެ މުހިންމީ ބަލި ކޮންޓްރޯލްކުރަން އެމީހަކަށް ކުރެވިދާނެ ކަމެއް ކުރުން ކަމަށް ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ މިރޭ ވިދާޅުވީ މުޅި ދުނިޔެއަށް ބެލި ނަމަވެސް ބައްޔަށް އެންމެ މީހަކު ޕޮޒިޓިވް ނުވާ ޤައުމުތަކުގެ އިނގިލިތަކުގެ އަދަދު އަތްތިލައިގެ އިނގިލިތަކުން ގުނައިލެވޭނެ ކަމަށެވެ. އަދި ޤައުމުތަކަށް ބެލިއެރުން ހުއްޓުވުމަކީ އެއްވެސް ޤައުމަކަށް ކުރެވިފައި އޮތް ކަމެއް ނޫން ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮރޯނާ ފެތުރެން ފެށީންސުރެ ރާއްޖެއިން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މަސައްކަތްކުރަމުން ކަމަށާއި މިކަމުގައި އެއްވެސް ފަރާތަކުން އިހްމާލުވެފައިވާކަން އެނގެން ނެތް ކަމަށެވެ.