މިހާރުވެސް ނުވަސަތޭކަ ފަސް ޑޮކްޓަރުންނާއި ދެ ހާސް ފަސްސަތޭކަ ނަރުހުން ޚިދުމަތުގައި އެބަތިބި ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިރޭ ވިދާޅުވީ މިއީ ކޮންމެ 1000 މީހަކަށް 2 ޑޮކްޓަރުންނާއި 7 ނަރުހުން ކަމަށާއި މިހާރުގެ ޙާލަތު މެނޭޖް ކުރެވޭނެ އަދަދެއް ކަމަށެވެ. ނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދު މަދުކުރުމުގައި ޙާޞިލުކުރަން ބޭނުންވާ ނަތީޖާ ޙާޞިލު ނުކުރެވިއްޖެ ނަމަ އަދަދު މަދުވެދާނެ ކަމަށެވެ.
އިތުރު ޑޮކްޓަރުން ހޯދަން މަސައްކަތްކުރަމުން ގެންދާ ކަމަށާއި ރާއްޖޭގެ ބައެއް ޑޮކްޓރުން މިވަގު ކަރަންޓީނުގައި އެބްތިބި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ފިހާރަތަކަށް ވަދެއުޅޭއިއރު ބައްދަލުވާ މީހާއަކީ ބަލިޖެހިފައި ނުވާ މީހެއްކަން ޔަޤީން ނުކުރެވޭއިރު ހުއްދަ ދިންނަމަވެސް ފިހާރަތަކަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުމަށް މަބްރޫކް ވަނީ އެދިވަޑައިގެންފައެވެ.
"ކެތްތެރިވާން އެބަ ޖެހޭ. ކުރިން ޑެލިވަރީ ކުރަމުން އައި އިނގިރޭސިވިލާތުގަ އާ އެމެރިކާގަ މިހާރުވެސް އޯޑަރުތައް ޑެލިވަރކުރަން 7 ދުވަސް ވެސް އެބަ ނަގާ! އަޅުގަނޑުމެން ވެސް ކެތްތެރިވާން ޖެހޭނެ" ކަމަށްވެސް މަބްރޫކް ވިދާލުވިއެވެ.