މީޑިއާތަކުން ހިތްވަރުދޭންވީ ގޭގަ ތިބެގެން ގޭމްކުޅެންތޯ؟ އިސްލާމިކް މިނިސްޓަރު ރޭ ދެއްވި އިރުޝާދުތަކަށް އަމަލުކުރަންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މީޑިއާތަކުން ހިތްވަރުދޭންވީ ގޭގަ ތިބެގެން ގޭމްކުޅެންތޯ؟ އިސްލާމިކް މިނިސްޓަރު ރޭ ދެއްވި އިރުޝާދުތަކަށް އަމަލުކުރަންތޯ؟

ކޮރޯނާގެ މިޙާލަތާއި ގުޅިގެން ކޮންމެ ގެއަކުހެން ގެންދަނީ ހެނދުނު ހޭލެވުނީންސުރެ ރޭގަނޑު ނިދެންދެން ޓީވީ ބަލަމުންނެވެ. އެހެންކަމަށްވާއިރު ޓީވީތަކުން ދޭ މެސެޖުތަކަކީ އެންމެ ފައިދާހުރި މެސެޖުތައް ކަމުގައި ހަދަން ޖެހޭކަން ފާހަގަކުރެވެއެވެ. 

ގޭގައި ތިބެގެން ކުރަންވީ ކަންކަން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ ރޭ ވެސް ވަނީ ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވައިފައެވެ. 

ފޫހިވުމުން ގޭމްވެސް ކުޅެލުމަކީ އެންމެ ރަނގަޅު ކަމެއް ނަމަވެސް ގޭގައި ތިބެގެން ކުރަންވީ ކަންކަން ކިޔައިދޭއިރު ދީނީ ގޮތުން ކުރަންޖެހޭ ކަންކަން ނުކިޔައި ގޭމް ކުޅުމުގެ ވާހަކަ ދެއްކުމަކީ މިއަދުގެ މިޙާލަތާއިވެސް ގުޅޭ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ. 

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ޢަލީ ވިދާޅުވީ ގޭގައި ތިބެގެން ވެސް ފަރުޟު 5 ނަމާދުކުރުމަށާއި ދުޢާކުރުން ގިނަކޮށް ހެނދުނާއި ހަވީރު ކިޔަން ހުރި ޛިކުރުތައް ކިޔަމުން ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ވީމާ މިނިސްޓަރުގެ މި މުހިންމު އިލްތިމާސަކީ ގިނަގިނައިން ހަނދާންކޮށްދޭ އިލްތިމާސެއްކަން ފާހަގަކުރެވެއެވެ. 

 

 

މިއަދު އޮންލައިން