ރާއްޖޭގެ އެއްވެސް ލަށެއް މޮނިޓަރިންގ ޙާލަތަށް ގެންގޮސްފިނަމަ އެރަށެއްގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. ޑރ. އަހްމަދު ޒާހިރު މިއަދު ވިދާޅުވީ ކޮންމެ ރަށަކަށް ވަކިވަކިން މިކަން އަންގަމުން ނުދިއަ ނަމަވެސް އެޗްޕީއޭއިން އެއްވެސް ރަށެއް މޮނިޓަރިންގ ޙާލަތަށް ގެންގޮސްފިނަމަ ކޮންމެ ރަށަކުންވެސް ޢަމަލުކުރަން ޖެހޭނީ މި އުޞޫލަށްކަން އެމިނިސްޓްރީން ނެރުނު ސާކިޔުލާގައި ވާނީ ހާމަކޮށްފައި ކަމަށެވެ.
"ކާށިދޫ މޮނިޓަރިންގ ޙާލަތަށް ގެންދިއުމުން ވެސް ޢަމަލުކުރީ ހަމައެގޮތަށް. މިއަދު އުލިގަން މިނިޓަރިން ޙާލަތަށް ގެންގޮސްފައިވާއިރުވެސް ޢަމަލުކުރަން ޖެހޭނީ ހަމަ އެގޮތަށް. އަދި އިތުރު ރަށެއް މޮނިޓަރިންގ ޙާލަތަށް ގެންދިއަ ނަމަވެސް އަމަލުކުރަމުން ގެންދަންވާނީ ހަމަ އެ އުޞޫލުން."
ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ މިފަދަ ފިޔަވަޅުތައް އަޅަން ޖެހެނީ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށް ބަލައިގެން ކަމަށެވެ. އެހެންކަމުން ދީނީ ޢިލްމުވެރިން ނިންމަވަމުން ގެންދަވާ މިފަދަ ކަންކަމަށް ހުރިހާ ރައްޔިތުންވެސް އަމަލުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިސްކިތްތަކާއި ނަމާދުކުރުމުގެ ކަންކަން ނިންމަމުން ގެންދަނީ ދީނީ ޢިލްމުވެރިންގެ މަޝްވަރާގެމަތިންނެވެ.