ދަތިހާލުގެ ވަގުތުގަ ލިބުނު ފެނެއް ބޭނުންކުރަން އަމީން އިބްރާހީމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދަތިހާލުގެ ވަގުތުގަ ލިބުނު ފެނެއް ބޭނުންކުރަން އަމީން އިބްރާހީމް ގޮވާލައްވައިފި

މިއީ ދަތިޙާލުގެ ވަގުތު ކަމަށާއި "މާކަނާ ކަނޑު ގުރުވަ ނޫނީ ނުކާން" ބޮޑާ ހޭކިފަދައިން ވަކި ފެނެއް ނޫނީ ނުބޯން ބޮޑާހާކަންވީ ވަގުތު ނޫން ކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އަމީން މިފަދަ ބަސްފުޅެއް ވިދާޅުވީ އެމްޑަބްލިޔޫއެސްސީ އިން ދޫކުރާ ފެނަކީ ބޯން ހަމަ އެކަށީގެންވާ ރަނގަލު ފެނެއްކަމަށް ބަޔާންކުރައްވައި ފެން ކުންފުނީގެ އެމްޑީ ޝާހް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. 

އަމީން ވިދާޅުވީ "ލަގްޒަރީ" ދިރިއުޅުމަކަށް ވިސްނަންވީ ވަގުތު ނޫން ކަމަށެވެ. އަދި އުނދަގުލުން ނަމަވެސް އިސްކުރު ފެންވެސް ބޮވޭތޯ ހިތްވަރުކުރަން އަމީން ވަނީ އެދިވަޑައިގެންފައެވެ. "ކުޑަ ފެންފޮދަކުން ފުއްދައިލާ!" 

މާލެ ސިޓީގެ އިތުރުން ރާއްޖެތެރޭގެ ގިނަ ބައަކުވެސް މިހާރު ބޮމުން ގެންދަނީ ފުޅީގައި ބަންދުކުރި ފެނެވެ. ނަމަވެސް ކުރިމަތިވަމުން އަންނަ މާލީ ދަތިތަކާއިއެކު ބޯފެނަށް ޚަރަދު ނުކުރެވިދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ.

 

މިއަދު އޮންލައިން