ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ އަޅުކަން ކުރުމާ އެހީތެރިކަން އިތުރުކުރަން އިސްލާމިކް މިނިސްޓަރ އިލްތިމާސްކުރައްވައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ އަޅުކަން ކުރުމާ އެހީތެރިކަން އިތުރުކުރަން އިސްލާމިކް މިނިސްޓަރ އިލްތިމާސްކުރައްވައްވައިފި

ކޮރޯނާގެ މިޙާލަތުގައި ބަލިން ރައްކައުތެރިވުމަށްޓަކައި ސަބަބުތަކުގައި ހިފަހައްޓައިގެން ތިބެ އަޅުކަން ކުރުމާއި އެހީތެރިކަން އިތުރުކުރަން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އިލްތިމާސްކުރައްވައްވައިފި އެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ގޭގައި ތިބެގެން ވެސް ފަރުޟު 5 ނަމާދުކުރުމަށާއި ދުޢާކުރުން ގިނަކޮށް ހެނދުނާއި ހަވީރު ކިޔަން ހުރި ޛިކުރުތައް ކިޔަމުން ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ ގޭގައި ތިބެން ލިބިފައިވާ ފުރުޞަތުގައި އަނބިންގެ މަސައްކަތްތަކަށް އެހީތެރިވެދިނުމާއި ދަރިންގެކަންކަން ބެލެހެއްޓުމަކީވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. 

މީގެ އިތުރުން މިނިސްޓަރ ވަނީ މިފަދަ ޙާލަތެއްގައި އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ މުހިންމުކަންވެސް ފާހަގަކުރައްވައިފައެވެ. "ހުރިހާމު ސްލިމުންނަކީ ހަމަ އެއް ހަށިގަނޑެއްގެ ގުނަވަންތައް ފަދަ ބައެއް. މުސްލިމަކު އޭނާގެ އަޚާޢަށް އެހީތެރިވެ ދިނުމުގައި ދެމިހުރިހައި ހިނދަކު އެމީހަކަށް މަދަދު ދެއްވުމުގައި ﷲ ދެމިވޮޑިގެންވާނެ."

މިއަދު އޮންލައިން