ސަތޭކައަށްވުރެ ގިނަ ގައިދީއެއްގެ އަދަބު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ލުއިކޮށް ދެއްވައިފިއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި، ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ 105 ގައިދީއަކަށް ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވާފައިވާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހޯމް މިނިސްޓްރީން ބުނީ ގައިދީންނަށް އަދަބު ލުއިކޮށް ދިނުމުގައި ބަލާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކަށާއި، ހުކުމް ތަންފީޒުކުރަމުންދާ މީހުން ރިހިބިލިޓޭޓްކޮށް އަލުން މުޖްތަމައުއަށް ނެރުމަށް ކަރެކްޝަންގެ ފަރާތުން ހިންގާ ޕްރަގްރާމްތަކުގައި ބައިވެރިވެ އެ ޕްރަގްރާމްތަަކުން ނެރެފައިވާ ނަތީޖާއަށާއި ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އަދަބު ލުއިކޮށްދެވުނު މީހުން ދިރިއުޅެން ހުރި ތަންތަނުގެ ހާލަތަށާއި، އެމީހުންގެ ފަރާތުން މުޖްތަމައުއަށް ނުރައްކާ އޮތް މިންވަރަށާއި އަދި އެ އެ ފަރާތްތަކުން ކޮށްފައިވާ ކުށުގެ ބާވަތަށް ކަމަށެވެ.
ސިއްހީ ރައްކާތެރިކަމަށްޓަކައި ޖަލުތަކުގެ އާބާދީ މަދުކޮށް ތޮއްޖެހުުން ކުޑަކުރުމަކީ ކޮންމެެހެން މުހިންމު ކަމެއް ކަމަށް ކަމާގުޅުންހުރި ފަންނީ މާހިރުން ލަފާ ދެމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.