މާލެ ސިޓީޏް 15 ވަނަ މީހާ ޕޮޒިޓިވްވެއްޖެއެވެ. އެޗްޕީއޭ އިން ބުނެފައިވަނީ އޭނާއަކީ މިހާރު ކުރިއަށް ދާ 3 ކްލަސްޓާގެ ތެރޭގައި ނުހިމެނޭ މީހެއް ކަމަށެވެ.
މާނައަކީ އޭނާ އަކީ ކުރިން ޕޮޒިޓިވްވި އެއްވެސް މީހަކާއި އެއްވެސް ގުޅުމެއް ނެތް މީހެއްކަމެވެ.
މީގެ އިނތުރުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ މި މަހުގެ 15 ގެ ފަހުން މާލެ، ހުޅުމާލެ، ވިލިމާލެ ގުޅިފަޅު އަދި ތިލަފުށިން ރާއްޖޭގެ އެހެން ރަށްރަށް ގޮސްފައިވާ އެންމެން 14 ދުވަހަށް އެހެން މީހުންނާއި އެކަހެރިވާން އަމުރުކުރައްވައިފައެވެ.