ކޮރޯނާ އާއި ގުޅިގެން ރާއްޖެތެރޭގެ ޙާލަތު މިހާރު މިއޮތް ގޮތަށް އޮތް ނަމަ މިފޭށޭ ރަމަޟާން މަހު ރާއްޖެ ތެރޭގެ ރަށްރަށުގައި ތަރާވީޙް ނަމާދުކުރެވޭނެ ކަމަށާއި ނަމަވެސް މާލެ ސިޓީގައި ތަރާވީޙް ނަމާދުވެސް ކުރަން ޖެހޭނީ ގޭގޭގފައި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ އިތުރުން ޖަމާއަތުގައި ނަމާދުކުރުން މިވަގުތު ހުއްޓާލާފައިވަނީ ހަމައެކަނި އައްޑު ސިޓީގަ އާއި ފުވައްމުލަކު ސިޓީގައެވެ.
މިނިސްޓަރ ވިދާޅުވީ އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ އިންތިޒާމްތައް ހަަމޖައްސަވައި ދެއްވާނެ ކަމަށާއި ޙާލަތު ރަނގަޅުވެއްޖެ ނަމަ ތަކެތިންވެސް ޒަކާތް ދެއްކޭނެ އިންތިޒާމްތައް ހަމަޖައްސަވައި ދެއްވަވާނެ ކަމަށެވެ.