މާލެއިން ކޮރޯނާ ޖެހުނު މީހުންގެ ތެރޭގަ މާބަނޑު އަންހެނަކު ހިމެނޭ!

ކިޔުމަށް ހޭދަވާނީ 38ސ
މާލެއިން ކޮރޯނާ ޖެހުނު މީހުންގެ ތެރޭގަ މާބަނޑު އަންހެނަކު ހިމެނޭ!

މާލެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރޭގައި މާބަނޑު އަންހެނަކު ހިމެނޭކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވިދާޅުވެއްޖެއެވެ.

އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ މާލެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި އުމުރުން 42  އަހަރުގެ މާބަނޑު އަންހެނަކު ހިމެނޭ ކަމަށެވެ. އަދި އެމީހާގެ ހާލު ވަރަށް ކައިރިން ބަލަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މާބަނޑު އަންހެނެއްގެ އިތުރުން ތިން ކުޑަ ކުދިން ވެސް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ އެއްވެސް މީހަކު އަދި ނުހިމެނޭކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން