މާލެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 14 އަށް އަރައިފި!

ކިޔުމަށް ހޭދަވާނީ 45ސ
މާލެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 14 އަށް އަރައިފި!

މާލެއިން ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 14 އަށް ދާދި ދެންމައަކު އަރަިފިއެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ ކޯވިޑް19 އަށް ޕޮޒިޓިވް ވި ދިވެއްސެއްގެ (ކޭސް:27) ގެ ޑައިރެކްޓް ކޮންޓެކްޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނި، ހެދި ޓެސްޓުގެ ނަތީޖާވަނީ ޕޮޒިޓިވް ވެފައިވާ ކަމަށެވެ

މާލެއިން 14 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 34 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މާލެއިން މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، 24 ގަޑިއިރަށް މާލެސަރަޙައްދު ދެ ދުވަހު ލޮކްޑައުން ކޮށްފައި އޮތުމަށްފަހެ، އެ މުއްދަތު 14 ދުވަހަށް އިތުރުކުރަން އެޗްޕީއޭ އިން އިއްޔެ ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން