މިއީ ލައިގެން ހުންނަން ފަސޭހަ "ހެދުމެއް" ނޫން, މިއީ ފަސޭހަ ކަމެއްވެސް ނޫން!

ކިޔުމަށް ހޭދަވާނީ 1މ 50ސ
މިއީ ލައިގެން ހުންނަން ފަސޭހަ "ހެދުމެއް" ނޫން, މިއީ ފަސޭހަ ކަމެއްވެސް ނޫން!

ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަސް، މިހާރު ރާއްޖެއާއި މާލެއިން ވެސް މިވަނީ ފެނިފައެވެ.

ގޭގައި ތިބުމަށް ސިއްޙީ ޚިދުމަތްތައްދޭ އެންމެހާ ފަރާތްތަކާއި ސަރުކާރުން ވެސް ގޮވާލަމުން އަންނައިރު، ބައެއް ދިވެހީން އަދިވެސް އެއިލްތިމާސްތަކަށް ބޯނުލަނބާ ބޭރަށް ނިކުމެ އުޅޭކަމީ ހިތާމަހުރި ކަމެކެވެ.

ގޭގައި ރައްޔިތުން ތިބޭއިރު، ޒަރޫރީ ބޭނުންތަކާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ނުރައްކަލުގައި އެތައް ޙިދުމަތްތެރީންނެއް މަސައްކަތް ކުރެއެވެ. 

އޭގެ ތެރެއިން އެއް ބަޔަކީ ކޯވިޑް-19 ގެ އަލާމާތެއް މީހެއްގެ ގައިގާ ހުރިކަމަށް ޝައްކު ކުރެވުމުން، އެފަރާތެއް އެކަހެރި ކުރުމަށް ނުވަތަ މިބައްޔަށް ޓެސްޓުކުރަން ގެންދިޔުމަށް އެތަނަށްދާ ސިއްޙީ ޙިދުމަތްތެރީންނެވެ.

ހަށިގަނޑު އެއްކޮށް ފޮރުވިގެން ހުންނަ ހެދުމެއްގައި އެމީހުން ހުރުމުން އެތައް ބަޔަކު އެމީހުންނަށް ޖޯކު ޖަހައެވެ. ބައެއް މީހުން ބުނާ ގޮތުގައި އެމީހުން މިކަންތައް "މާބޮޑު ކަންތައްގަނޑަކަށް ހަދާލަނީ" އެވެ.

ނަމަވެސް އެކިޓުގައި ނުވަތަ އެހެދުމުގައި އެމީހުން ތިބޭއިރު، އެމީހުންނަށް އުފުލަނީ ކިހާވަރެއްގެ ތަކުލީފެއްކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ. މިއީ ފޭސްބުކްގައި ހިއްސާ ކޮށްފައިވާ އެފަދަ މީހެއްގެ އިހުސާސް ތަކެކެވެ.

"މިއީ ފަސޭހަ ކަމެއް ނޫން، ވަރަށް ހޫނު.

ހިއްލާ ދަލުން އެތެރޭގަ ހުންނަނީ ކޯރު ހެދިފަ. ފަސް ގަޑިއިރު ވެސް މިކިޓްގަ ހުރުމަކީ ކެތް ކޮށްލަން އުނދަގޫ ކަމެއް. 

ދެ މާސްކް..

އޮކްސިޖަން ލިބުން ދަތިވެ ނޭވާލާން އެހާ އުނދަގޫ. 

ތިން އަންގި..

ގަޔަށް އަރުވާފަ ހުންނަ އެއްޗެހި ގިނަކަމުން ހުންނަނީ އަތް ފައިގަ ރިއްސާފަ. 

ދެ ލޯ ފުސް ވިޔަސް ފުހެވެއް ނުލެވޭ. ހިރުވާ ތަން ކަހާވެސް ނުލެވޭ. މާސްކުގެ އެތެރެ ފުސްވެ ތަންތަން ނުފެންނަވަރު ވިޔަސް އެހުރި ގޮތަކަށް ބަހައްޓާފަ ދޫކޮށްލަން ޖެހޭ. 

ކިޓް އެޅުމަށްފަހު ފެން ފޮދެއް ވެސް ކާ އެއްޗެއް ވެސް ބޭނުން ނުކުރެވޭ. ފެން ބޮވައި ގަނެގެންގޮސް އަނގަޔާއި ކަރުތެރެ ހުންނަނީ ހިކިފަ. 

ހެލިފެލިވެ އުޅެން އެހާމެ އުނދަގޫ. 

އަޚުންނާއި އުޚްުތުންނޭވެ. ބޭރަށް ނުނިކުމެ ގޭގައި މަޑުކޮށްލަދީ!"

މިއަދު އޮންލައިން