މިވަގުތު އެންމެ ރަނގަޅީ މިސްކިތަށް ނުގޮސް ގޭގަ ނަމާދުކުރުން! މަޖުބޫރީ ޙާލަތުގަ ދިއަ ނަމަވެސް ތިބެންޖެހޭނީ ދުރުދުރުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މިވަގުތު އެންމެ ރަނގަޅީ މިސްކިތަށް ނުގޮސް ގޭގަ ނަމާދުކުރުން! މަޖުބޫރީ ޙާލަތުގަ ދިއަ ނަމަވެސް ތިބެންޖެހޭނީ ދުރުދުރުގަ!

ﷲ ގެ ރަހްމަތްފުޅުން މިއަދު ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުޞަތު އޮތް ރަށްރަށުގައިވެސް ޖަމާއަތުގެ ނަމާދުގެ ފަހުން މިސްކިތް ބޭނުންކުރާއިރު ދުރުދުރުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެވެއެވެ. 

2 ދުވަސްތެރޭގައި މާލެއިން ކޮރޯނާއަށް 8 މީހުން ޕޮޒިޓިވްވެފައިވުމުން ބަލި ފެތުރިގެންގޮސްފައިވާ މިންވަރާއިމެދު އެޗްޕީއޭއިން އިންތިހާއަށް ކަންބޮޑުވުން ފައުޅުކުރަމުން ގެންދާއިރު ރާއްޖެތެރޭގެ ޙާލަތާއިމެދުގައި ވެސް އެއްވެސް ޔަޤީންކަމެއް މިވަގުތަކު ނެތެވެ. 

ޖަމާޢަތުގައި ނަމާދުކުރެވެން ނެތް ޙާލަތުގައިވެސް މިސްކިތުގައި ޖާގަ އޮތްވަރަކުން ވީހައި ދުރުދުރުގައި ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. 

އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރަމުން ގެންދަނީ މިފަދަ ވަގުތެއްގައި މިސްކިތަށް ނުގޮސް ގޭގައި ނަމާދުކުރުމަށެވެ. ކޮންމެ ނަމާދު ވަގުތަކުހެން ބަންގީގެ ކުރިން މާލޭގެ މިސްކިތްތަކުގައި ގެންދަނީ އެކަން ހަނދާންވެސް ކޮށްދެމުންނެވެ. އެއީ މިސްކިތުގައި މީހަކު ނަމާދުކޮށްފައި ދިއުމުން އެތަން ވަގުތުން ސާފު ނުކުރެވޭތީ މިފަދަ ނުރައްކައުތެރި ވަހުތެއްގައި މެދުވެރިވެދާނެ ޙާލަތަކަށްޓަކައެވެ. 

މިއީ މާލެ ސިޓީގެ މިސްކިތްތައް ތަޅުލަން ޖެހޭފަދަ ޙާލަތެއް ނަމަވެސް މިސްކިތްތައް ތަޅު ނުލަނީ ގޭގައި ނަމާދުކުރަން ގިނަ ބައަކަށް ދަތިތަކެއް ހުރުމުންނެވެ. އެހެންކަމުން އިސްލާމިކް މިނިސްޓްރީން ދެމުން ގެންދާ އިރުޝާދުތަކަށް އެންމެންވެސް ޢަމަލުކުރުމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަކުރެވެއެވެ.  

މާލެ ސިޓީގައި ޙާލަތު ބަދަލުވަމުން މިދާ ގޮތުން މިސްކިތްތައް އެކުގައި ބަންދުކުރަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިން މައުލޫމާތުތަކަކީ ބިރުވެރިކަމުން ފުރިގެންވާ މައުލޫމާތުތަކެކެވެ.

މިއަދު އޮންލައިން