ކޮރޯނާ ވައިރަސްގެ ކަންކަން މިހާރު މިފެންނަ ގޮތުން 2022 ވަނަ އަހަރުގެ ނިޔަލަށް އިޖުތިމާޢީ ދުރުމިން ހިފަހައްޓަން ޖެހިދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރާކަން ހާމަކޮށްފިއެވެ.
ތަޖުރިބާކާރުން މިގޮތަށް ލަފާކުރާކަން ހާމަކުރި ސަބަބެއް ކަމަށް ބުނެފައިވަނީ ބަލި އެނބުރި އައުމުގެ ބިރުވެރިކަން އޮތް މިންވަރުގެ ބޮޑުކަން ފާހަގަކޮށެވެ.
ސައިންސްވެރިންގެ ޖާނަލްގައި ފާހަގަކޮށްފައިވާ ރިޕޯޓުގައި ބުނެފައިވަނީ ބަލި މިވަގުތަށް ފިލި ނަމަވެސް މިހާރަށްވުރެ ބާރު ގަދަކޮށް އެނބުރި އައުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އެގޮތުން އެއް ސައިންސްވެރިއަކު ލަފާކޮށްފައިވަނީ ރަނގަޅު ވެކްސިނަކާއި ފަރުވާ ނުހޯދިއްޖެ ނަމަ 2025 ވަނަ އަހަރާއި ހަމައަށް ވެސް ކޮރޯނާގެ ވަބާ ދެމިގެން ހިނގައިދާނެ ކަމަށެވެ.
ގުޅުންހުރި ލިޔުން: