ކޮރޯނާ މާލޭގައި ފެތުރެމުން މިދާ މިންވަރަށް ބަލާއިރު ކޮންމެ މީހަކުވެސް ބިރުގަންނަންވީ ބަލިމީހުން ގިނަވެ ފަރުވާ ނުލިބިގެންދާ ޙާލަތަށް ހިނގައްޖެ ނަމަ ތިމާއަކީވެސް ފަރުވާ ނުލިބި އޮންނަން ޖެހިދާނެ މީހެއް ކަމަށްވެދާނެކަމަށްޓަކައި ކަމަށް ޑރ. ޝީނާ ވިދާޅުވެއްޖެއެވެ.
ޑޜ. ޝީނާ ވިދާޅުވީ ގިނަ އަދަދެއްގެ ބައަކު އެއްފަހަރާ ބަލިވެއްޖެ ނަމަ ފަރުވާ ދެވެން ރާއްޖޭގައި ނެތް ކަމަށާއި ގިނަ ބައަކާއި އަޅައިނުލެވިވެސް ހިނގައިދާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއް ވެގެންދާނީ ވަރަށް ހިތާމަވެރި ޙާލަތެއް ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރު ލިބުން ފަދަ ކަންކަމުގައި އެމެރިކާއަށްވެސް ދަތިތައް އެބަހުރި ކަމަށާއި ރާއްޖެއަށްވެސް ދަތިތައް އެބަހުރި ކަމަށެވެ. އަދި ވެންޓިލޭޓަރު ހުރިނަމަވެސް ބަލިވާ މީހުންގެ އަދަދު ގިނަވެއްޖެ ނަމަ އެކަމުގެ ދަތިކަން ފޯރާނެ ކަމަށެވެ.