ރަށްރަށުގަ ޖަމާޢަތުގަ ނަމާދުކުރުން އަދި މެދުކަނޑާ ނުލަން އަންގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ރަށްރަށުގަ ޖަމާޢަތުގަ ނަމާދުކުރުން އަދި މެދުކަނޑާ ނުލަން އަންގައިފި

މިވަގުތު، މުޅިރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާޢަތް މެދުކަނޑާނުލައި ކުރިއަށް ގެންދެވުމަށާއި ޖަމާޢަތް މެދުކަނޑާލާނީ އެޗްޕިއޭއިން މޮނިޓަރިން ޙާލަތަށް ގެންނަ ރަށްރަށުގައި އެކަނި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. 

އެ މިނިސްޓްރީން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޖަމާޢަތް މެދު ކަނޑާލަން ޖެހޭ ރަށްރަށް މިނިސްޓްރީން އަންގަމުން ގެންދާނެ ކަމަށެވެ.  

ކޮރޯނާގެ ޙާލަތާއި ގުޅިގެން އަޅާ ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމަކާއި ނުލައި އެއްރަށުން އަނެއް ރަށަށް ދިއުން މިހާރުވަނީ މަނާކޮށްފައެވެ. މޮނިޓަރިންގެ ގެ ޙާލަތައް ގެނައުމަށްފަހު ކާށިދޫ މިހާރުވަނީ މިނިޓަރިންގެ ޙާލަތުން ނަގައިފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތުގައި ޖަމާޢަތުގައި ނަމާދު ނުކުރެވުނު ނަމަވެސް ފަރުޟު 5 ނަމާދަށް ރައްކައުތެރިވުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ.

 

 

މިއަދު އޮންލައިން