ރާއްޖޭގައި ކޮރޯނާއަށް ފަރުވާ ދެމުން ގެންދާ އެންމެންގެ ޙާލުވެސް އިން ޝާ ﷲ ރަނގަޅު ކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މާލެއިން ޕޮޒިޓިވްވި އެންމެންނަށް ވެސް ފަރުވާ ދެމުން ގެންދަނީ ފޮރުކޮޅު އައިސޮލޭޝަންގައި ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮރޯނާ ފެތުރުން 14 ދުވަހުގެ ޕީކަކަށް ދާނެ ކަމަށް ބެލެވޭ ކަމަށާއި މިކަމަށް އެންމެންވެސް ތިބެން ޖެހޭނީ ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކަމަށެވެ.