ކޮރޯނާއަށް މާލެއިން 8 ވަނަ މީހަކު ޕޮޒިޓިވް ވެއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 4ސ
ކޮރޯނާއަށް މާލެއިން 8 ވަނަ މީހަކު ޕޮޒިޓިވް ވެއްޖެ!

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް މާލޭ ސަރަޙައްދުން 8 ވަނަ މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މާލޭގައި ދިރިއުޅޭ ދިވެއްސެއްގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތްތަކެއް ފެނި ހެދި ޓެސްޓުތަކުގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއީ މާލެއިން މިބައްޔަށް ޕޮޒިޓިވްވި އަށްވަނަ މީހާ ކަމަށާއި އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

މިއީ މާލެއިން މިއަދު ކޯވިޑަށް ޕޮޒިޓިވްވި 5 ވަނަ މީހާއެވެ. ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްފައިވަނީ 28 މީހެކެވެ. މީގެ ތެރެއިން 8 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.

 

މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން:

- 15 އޭޕްރީލް - އެކަކު

- 16 އޭޕްރީލް - 2 މީހުން

- 17 އޭޕްރީލް - 5 މީހުން

 

ކޯވިޑް 19 އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

މިއަދު އޮންލައިން