މާލެ ސަރަހައްދު އިތުރު 14 ދުވަހަށް ލޮކްޑައުންކޮށްފި އެވެ.
މިހިނދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި އެވަގުތުތަކުގައި މީހުން މަގުތަކަށް ނިކުމެ އުޅުމަކީ މަނާ ކަމެއް ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި އެންގުމެއްގައި ވިދާޅުވެއްޖެއެވެ.
ލޮކްޑައުންގެ މުއްދަތުގައި މިސަރަހައްދުތަކުގެ ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި، ފެރީ) ގެ ހިދުމަތް ހުއްޓާލުމަށާއި، މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅަށް މީހުން އަރައި ފޭބުމަކީ ވެސް މަނާ ކަމެއް ކަމަށް އެ އެންގުމުގައި ވިދާޅުވެފައިވެއެވެ.
މިމަހުގެ 15 ވަނަ ދުވަހު ފުރަތަމަ ފަހަރަށް މާލެއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ފާއިތުވީ ދެ ދުވަހު މާލެ ސަރަޙައްދު އޮތީ ލޮކްޑައުންގެ ހާލަތުގައެވެ. ނަމަވެސް އެމުއްދަތު 14 ދުވަހަށް އިތުރު ކޮށްފައިވަނ، އޭނާއާއި ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ބަޔަކު ޕޮޒިޓިވްވެފައިވާކަން މިއަދު އެނގުމާއި ގުޅިގެންނެވެ.
މިހާތަނަށް މާލެއިން މިބައްޔަށް ހަތް މީހަކު ޕޮޒިޓިވް ވެފައިވެއެވެ.