ޒަރޫރީ ބޭނުމަކަށް ނޫނީ ރަށްރަށަށް ދަތުރު ނުކުރެވޭ ގޮތަށް އޮތް ނަމަވެސް މަސްވެރިންނަށް މަހަށް ފުރޭނެ!: ފިޝަރީޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ޒަރޫރީ ބޭނުމަކަށް ނޫނީ ރަށްރަށަށް ދަތުރު ނުކުރެވޭ ގޮތަށް އޮތް ނަމަވެސް މަސްވެރިންނަށް މަހަށް ފުރޭނެ!: ފިޝަރީޒް

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް އަންގާފައިވީ ނަމަވެސް މަސް ދޯނިފަހަރުގައި މަހަށް ފުރުމުގެ ހުއްދަ ފިޝަރީޒް މިނިސްޓްރީން ދީފިއެވެ.

އެމިނިސްޓްރީން ބުނީ މިޙާލަތުގައި މަސްދޯނިފަހަރު މަސް ކިރުވުމަށް ބަނދަރުކުރާ ރަށަށް މަސްވެރިން ނުފޭބުމަކީ ލާޒިމުކަމެއް ކަމަށާއި އަދި އެއުޅަނދެއް ނިސްބަތްވާ ރަށަށް މަސް ދަތުރު ނިންމުމަށްފަހު ދަތުރުކުރުމަކީ ލާޒިމުކަމެއ ކަމަށެވެ.

މީގެ އިތުރުން މަސްވެރިން މަހަށް ފުރުމަށް ހަމަޖައްސާފައިވާ އިންތިޒާމުތަކާއި ގުޅޭގޮތުން @HPA_MV އަދި ކަމާގުޅޭ ފަރާތްތަކުން އިތުރު ތަފްޞީލު ފޯރުކޮށްދެއްވާނެ ކަމަށާއި އެފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަކީ މިނިސްޓްރީގެ އިލްތިމާސެއް ކަމަށް ވެސް ބުނެފައިވެއެވެ.

މާލެއިން މިއަދު ޕޮޒިޓިވްވި މީހާ އާއިއެކު 7 މީހުން މިހާރު ވަނީ ޕޮޒިޓިވްވެފައެވެ.

 

މިއަދު އޮންލައިން